ތަޞައްވުރު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަކ،ީ މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައ،ި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައ،ި ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު، އެންމެންގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދ،ޭ ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބ،ި ނަތީޖާ ޙާޞިލުކުރ،ާ ނަމޫނާ ދައްކައިދޭ ކައުންސިލްގެ އިދާރާއަކަށްވުން.
އަމާޒު
ލާމަރުކަޒުކޮށް ރަށް ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށ،ް ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅައި ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކ،ީ ރަށުކައުންސިލްކަމަށްވުމާއެކ،ު ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއ،ި ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއ،ި ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށ،ް ކައުންސިލަށް ފޯރުކޮށްދ،ީ ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން.