ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ހއ. އަތޮޅު ޗެމްޕިއަންކަން ދިއްދޫއިން ހޯދާފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅު ޗެމްޕިއަންކަން ދިއްދޫ ހޯދީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ 2-1 އިން ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫގެ އިބްރާހިމް އިމްރާން (އިންމި) އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ހޯރަފުށީގެ މުހައްމަދު ނާއިމް އެވެ.